ޑިސްކް ކައުންސިލުން އިސްނަގައިގެން އަތޮޅަށް ހުޅުވާލެވުނު ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމް 2024 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހު  ރަސްމީކޮށް ފަށައިފިއެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އެހީތެރިކަމާއެކު، ޑިސްކް އަތޮޅު ކައުންސިލާއި  ގުޅިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.މި ޕްރޮގްރާމުގައި 33 ފަރާތަކުން ބައިވެރިވެފައިވާއިރު، ޕްރޮގްރާމް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ 2024 އޮކްޓޯބަރ 20 އިން 26 އަށެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުން ދަނޑުވެރިކަމަށް ޝައުޤުވެރިކުރުވައި، އަތޮޅުގެ ދަނޑުވެރިކަން އިތުރަށް ކުރިއެރުވުމެވެ.މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ދަނޑުވެރިކަމާ ގުޅޭ ފަންނީ މަޢުލޫމާތާއި ޢަމަލީ ހުނަރުތައް ލިބިގެންދާނެއެވެ. އަތޮޅު ކައުންސިލްގެ ތަރައްޤީގެ ޕްލޭންގައި ހިމެނިގެން ކުރިއަށް ގެންދެވޭ ޒަމާނީ ދަނޑުވެރިކަން އަތޮޅަށް ތަޢާރަފްކުރުމާއި، ދަނޑުވެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ އަތޮޅުގެ އިޤްތިޞާދީ ދުވެލި އިތުރުކޮށް، ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ.
 
މިޕްރޮގްރާމް ނިމުމުން ދަނޑުވެރިކަމަށް ޝައުގުވެރިވާ ކައުންސިލްތަކަށް ޑިސްކް ކައުންސިލްގެ ފަރާތުން ދަނޑު ހެއްދުމަށް ބޭނުންވާ އާލާތްތައް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ. އަދި މިކޯސް ނިމުނުތާ އެއްއަހަރު ފުރޭއިރު، ހަދިޔާ ކުރި ތަކެތި ބޭނުންކޮށްގެން އެންމެ ފުރިހަމަޔަށް ދަނޑުވެރިކަމުގެ މަސައްކަތް ކޮށްފައިވާ ކައުންސިލަކަށް 5 ލައްކަ ރުފިޔާގެ ގްރާންޓެއް ކައުންސިލުގެ ފަރާތުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
 
މިހާރު ދިމާވާ ކަންކަމަށް ބަލާއިރު.. އޭނާ ވަނީ