ޤާނޫނު ނަމްބަރު 2016/18 (ޖެންޑަރ އިކުއަލިޓީ ޤާނޫނު) ގެ ދަށުން އެކުލަވާލެވިފައިވާ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ ގޮތުން، މިނިސްޓްރީއޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން އަތޮޅުތަކުގެ ކަމާއި ގުޅުންހުރި އިދާރާތަކަށް ކުރިއަށްގެންދާ ސެންސިޓައިޒޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން "ޓްރެއިނިންގ އޮން ޖެންޑަރ ސެންސަޓައިޒޭޝަން އެންޑް ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ފޯރ ޅަވިޔަނި ސްޓޭކްހޯލްޑާސް" މިނަމުގައި 30 އޭޕްރީލް 2022 ވަނަ ދުވަހު ޑިސްކްގައި ބޭއްވުނު ވޯކްޝޮޕްގައި ޑިސްކް ކައުންސިލުން ބައިވެރިވެއްޖެއެވެ.
މިވޯކްޝޮޕްގައި ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ފަރާތުން މަޢްލޫމާތު ފޯރުކޮށްދީފައިވަނީ މިންތީގެ މަފްހޫމްތަކާއި، ދިވެހިރާއްޖޭގައި އަންހެނުންގެ ޙާލަތާގުޅޭ ތަފާސް ހިސާބާއި، ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންއާއި، ގެވެށި ގުޅުން ކެމްޕެއިނާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން ޑިސްކް ޕްލިސް ސްޓޭޝަންގެ ފަރާތުން ސައިބަރ ކްރައިމްއާއި ގުޅޭ ސެޝަންއަކާއި، އެފް.ސީ.ޕީ.ޖީގެ ފަރާތުން ޖެންޑަރ އިކުއަލިޓީ ޤާނޫނާއި، ގެވެށި އަނިޔާ ހުއްޓުވުމާއި ގުޅޭ ޤާނޫނުތަކާ ގުޅޭގޮތުން ބައިވެރިން އަހުލުވެރިކުރުވުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އޮންލައިން ސެޝަންއެއްވެސް ކުރިއަށް ގެންދެވުނެވެ.
1 ދުވަހުގެ މުއްދަތަށް ހިންގުނު މި ވޯކްޝޮޕް އިންތިޒާމްކޮށް ކުރިއަށް ގެންދެވިފައިވަނީ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުން އިސްނަގައިގެން ޑިސްކް ޕޮލިސް ސްޓޭޝަނާއި ގުޅިގެންނެވެ.
ޑިސްކް ކައުންސލްގެ އިތުރުން އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ކަމާ ގުޅުންހުރި އިދާރާތުގެ މެންބަރުން ބައިވެރިވިއެވެ.